Baabu LogoBaabu Logo
ބާބު
ގެލެރީޕޯސްޓްސްވީޑިއޯ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ދީން
  • ދުނިޔެ
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ގެލެރީ
  • ވީޑިއޯ
  • ޕޯސްޓްސް

Socials

  • X / Twitter
  • Facebook
  • Instagram
  • YouTube
އާންމު ހަބަރުރިޕޯޓްވިޔަފާރިކުޅިވަރުދީންދުނިޔެވާހަކަމުނިފޫހިފިލުވުން
ކުޅިވަރުDhivehi premier league new radiant

ޑޮރީގެ ހެޓްރިކާއެކު ނިއުރޭޑިއެންޓް ތިންވަނައަށް

A
Ahmed Ali•
29 ނޮވެމްބަރު 2026، 05:21
ޑޮރީގެ ހެޓްރިކާއެކު ނިއުރޭޑިއެންޓް ތިންވަނައަށް
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޑޯރީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އަދަދު ސްޕޯޓްސް

ދިވެހި ޕްރިމިއާ ލީގުގައި ބިސްބުރު ސްޕޯޓްސް ކްލަބުގެ މައްޗަށް 1-4 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ތާވަލުގެ ތިންވަނަ މަގާމަށް ޖެހިލައިފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ކުޅުނު މި މެޗުގައި ނިއުގެ ބްރެޒިލް ފޯވާޑް ޑޮރިއެލްޓަން ގޯމްސް ނަސިމެންޓޯ (ޑޮރީ) ވަނީ ހިތްގައިމު ހެޓްރިކެއް ފުރިހަމަކޮށް، ޓީމުގެ މޮޅުގައި އިސް ދައުރެއް އަދާކޮށްފައެވެ.

މި ކާމިޔާބީއާއެކު ނިއުރޭޑިއަންޓަށް ކުޅުނު އަށް މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން ތާވަލުގެ ތިންވަނައަށް ޖެހިލީ ހަމަ އެ އަދަދަށް ޕޮއިންޓް ހޯދާފައިވާ އޮޑި ސްޕޯޓްސް ކްލަބުގެ މައްޗަށް ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ. ތާވަލުގެ އެއްވަނައިގައި ހަތް މެޗުން 19 ޕޮއިންޓާއެކު ވިކްޓްރީ ސްޕޯޓްސް ކްލަބް އޮތްއިރު، ދެވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. މެޗުން ބަލިވި ބިސްބުރު މިހާރު އޮތީ އަށް މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.

އިޝްތިހާރު ޖެއްސެވުމަށް މިތަނަށް ފިއްތަވާލައްވާ

މެޗު ފެށިގެން ނިއުރޭޑިއަންޓުން ވަނީ ބިސްބުރުގެ ގޯލަށް ބާރުބޮޑުކޮށް، މެޗުގެ އަށްވަނަ މިނެޓުގައި ލީޑު ނަގާފައެވެ. ބްރެޒިލްގެ މިޑްފީލްޓަރު ގޯމްސް ދަ ސިލްވާ ނަގައިދިން ހުރަހަކުން، ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ލައިބީރިއާގެ މިޑްފީލްޓަރު ޔާޔާ ބިލިޓީއެވެ.

ނަމަވެސް، ނިއުގެ އުފާވެރިކަން ދެމިއޮތީ އެންމެ ދެ މިނެޓަށެވެ. މެޗުގެ 10 ވަނަ މިނެޓުގައި ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ބިސްބުރުގެ ކެޕްޓަން މަޖްދާން ސާލިހު ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ނިއުއިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދީ 19 ވަނަ މިނެޓުގައެވެ. ދަ ސިލްވާ ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކުރީ ޑޮރީއެވެ. އޭގެ ފަސް މިނެޓު ފަހުން، އީތަން އިބްރާހީމް ޒަކީ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ޑޮރީ ވަނީ ނިއުގެ ލީޑު 1-3 އަށް ފުޅާކޮށްދީފައެވެ.

ދެވަނަ ހާފު ފެށިގެން ކުރީކޮޅުގައި ހެޓްރިކް ފުރިހަމަކުރުމަށް ޑޮރީއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މީގެ އިތުރުން ދަ ސިލްވާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބިސްބުރުގެ ކީޕަރު ޕީޓާ ސާކޯޑީ ދިފާއުކުރިއިރު، ރީބައުންސްވި ބޯޅަ އީތަން ފޮނުވާލުމުން ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. ބިސްބުރުން ވެސް ވަނީ ނަތީޖާގެ ފަރަގު ކުޑަކުރުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން އެ ޓީމުގެ މުޙައްމަދު ޒިދާން އީސާ ފޮނުވާލި ބާރު ހަމަލާ ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ނިއުގެ ކެޕްޓަން އަލީ އަޝްފާޤު (ދަގަނޑޭ) ފޮނުވާލި ހަމަލާއެއް ކީޕަރު ސާކޯޑީ ދިފާއުކުރި ނަމަވެސް، ޖެހިގެން އައި މިނެޓުގައި އަޝްފާޤު ދިން ތަނަވަސް ފުރުސަތަކުން ޑޮރީ ވަނީ ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މި ލަނޑާއެކު މެޗުގެ ނަތީޖާ 1-4 އަށް ބަދަލުވެ، ނިއުގެ މޮޅު ކަށަވަރުވިއެވެ.

މެޗުގެ ފަހުކޮޅުގައި ބިސްބުރުގެ ހާލަތު އިތުރަށް ގޯސްވީ އެ ޓީމުގެ އުލުފް އަޙްމަދަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު ބިސްބުރުން މެޗު ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ޚިޔާލު / ކޮމެންޓް

ގުޅުން ހުރި ޚަބަރުތައް

ބެލިންހަމަށް ރަތް ކާޑު، ރިއަލް އަށް ހިތްދަތި ބައްޔެއް!

05:45

މެންޗެސްޓަރ ޔުނައިޓެޑަށް އަނެއްކާވެސް ބޮޑު ބައްޔެއް، މިފަހަރު އަމިއްލަ ދަނޑުގަ!

05:16

ގޯޑަންގެ ދެ ލަނޑާއެކު ސަބާހްގެ މައްޗަށް ބާސެލޯނާއިން ފަސޭހަ މޮޅެއް ހޯދައިފި

04:41
އިޝްތިހާރު ޖެއްސެވުމަށް މިތަނަށް ފިއްތަވާލައްވާ

ފަހުގެ ޚަބަރު

އިލެކްޓްރޮލައިޓްސް އަދި ވިޓަމިންސް ހިމެނޭ ބުއިންތައް ދެން އެތެރެ ކުރެވޭނީ ހުއްދަ ނަގައިގެން!

29 ނޮވެމްބަރު 2026

15 ބައިވެރިންނާއެކު ފުލުހުންގެ “ސްޕީޑް ބޯޓް ޑްރައިވިން ކޯސް-1” ނިންމާލައިފި

29 ނޮވެމްބަރު 2026

ތެލެސީމިއާ ފަރާތްތަކަށް ބޮޑު ލުޔެއް، ފަރުވާ ހޯދުމަށް ކުރާ ދަތުރުތައް އާރްޓީއެލްއިން ހިލޭ ކުރެވޭނެ!

29 ނޮވެމްބަރު 2026

ގެސްޓްހައުސްތަކާއި ސަފާރީތަކަށް ދޫކުރާ ފައިނޭންސިންއަށް ބީއެމްއެލްއިން ހެޔޮ ބަދަލުތަކެއް ގެނެސްފި

29 ނޮވެމްބަރު 2026

މަސައްކަތުގެ މާހައުލުގައި ހިންގާ ޒަމާނީ އަނިޔާވެރިކަން

29 ނޮވެމްބަރު 2026
Baabu Logo
ބާބުBaabu Online

ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ ދުނިޔޭގެ އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު، ކެނޑިނޭޅި ތެދުވެރިކަމާއެކު ގެނެސްދޭ ޑިޖިޓަލް ނޫސް.

ސޯޝަލް މީޑިއާ

ބާބުގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެންމެ ފަހުގެ ޚަބަރުތަކާއި އަޕްޑޭޓްތައް ވަގުތުން ހޯއްދަވާ.

© 2026 ބާބު އޮންލައިން (Baabu Online). ހުރިހާ ޙައްޤެއް ރައްކާތެރިކުރެވިފައި.

ބާބު އާއި ބެހޭޕްރައިވަސީ ޕޮލިސީބޭނުންކުރުމުގެ ޝަރުތުތައްގުޅުއްވާ