Baabu LogoBaabu Logo
ބާބު
ގެލެރީޕޯސްޓްސްވީޑިއޯ
  • ޚަބަރު
  • ރިޕޯޓް
  • ވިޔަފާރި
  • ކުޅިވަރު
  • ދީން
  • ދުނިޔެ
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ގެލެރީ
  • ވީޑިއޯ
  • ޕޯސްޓްސް

Socials

  • X / Twitter
  • Facebook
  • Instagram
  • YouTube
އާންމު ހަބަރުރިޕޯޓްވިޔަފާރިކުޅިވަރުދީންދުނިޔެވާހަކަމުނިފޫހިފިލުވުން
ހަބަރުEC

ވ. ތިނަދޫ ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީއަށް ގެއްލިއްޖެ

A
އަޟަަތް ޒޯޔާ•
29 ނޮވެމްބަރު 2026، 05:52
ވ. ތިނަދޫ ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީއަށް ގެއްލިއްޖެ
ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ތިނަދޫ ޑަބްލިއުޑީސީ ބައި-އިލެކްޝަން އަމިއްލަ ކެންޑިޑޭޓަކު ކާމިޔާބު ކޮށްފި

ވ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ހުސްވެފައިވާ ގޮނޑި ފުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އެމްޑީޕީއަށް ނާކާމިޔާބުވެ، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓަކު އެ ގޮނޑި ކާމިޔާބު ކޮށްފިއެވެ.

މި އިންތިހާބުގައި ތިނަދޫ ޑަބްލިއުޑީސީގެ ގޮނޑިއަށް ވާދަކުރެއްވީ އެމްޑީޕީގެ ފަރާތުން ރިޝްފާ ނަސީމާއި އަމިއްލަ ގޮތުން ކުރިމަތިލެއްވި ޒީނާ އަހުމަދެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން، ބޮޑު ތަފާތަކުން މި ގޮނޑި ކާމިޔާބު ކުރެއްވީ ޒީނާ އަހުމަދެވެ.

އިޝްތިހާރު ޖެއްސެވުމަށް މިތަނަށް ފިއްތަވާލައްވާ

ޒީނާ މި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވީ ޖުމްލަ 76 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ރިޝްފާ ނަސީމަށް ލިބިވަޑައިގަތީ 54 ވޯޓެވެ.

ވޯޓު ފޮށިތަކުގެ ތަފްސީލަށް ބަލާއިރު: - ތިނަދޫ ސްކޫލް ފޮށި: ޒީނާއަށް 26 ވޯޓު، ރިޝްފާއަށް 28 ވޯޓު - މާލޭ ފޮށި: ޒީނާއަށް 50 ވޯޓު، ރިޝްފާއަށް 23 ވޯޓު - ހުޅުމާލޭ ފޮށި: ޒީނާއަށް 02 ވޯޓު، ރިޝްފާއަށް 03 ވޯޓު

ޑަބްލިއުޑީސީގެ ގޮނޑި އެމްޑީޕީއަށް ގެއްލުނު ނަމަވެސް، ހަމަ މިއަދު ބޭއްވި ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމުގެ ބައި-އިލެކްޝަން އެ ޕާޓީން ވަނީ ކާމިޔާބު ކޮށްފައެވެ.

މި މަގާމަށް އިންތިހާބުވެވަޑައިގަތީ ކުރިންވެސް އެ ރަށު ކައުންސިލްގެ ރައީސްކަން ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަލީ ޝުޖާއުއެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް އަހުމަދު އަމަން މުހައްމަދާ ވާދަކުރައްވައެވެ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވީ ވެސް މި ދެ ޕާޓީގެ ކެންޑިޑޭޓުން އެކަންޏެވެ.

ޚިޔާލު / ކޮމެންޓް

ގުޅުން ހުރި ޚަބަރުތައް

އިލެކްޓްރޮލައިޓްސް އަދި ވިޓަމިންސް ހިމެނޭ ބުއިންތައް ދެން އެތެރެ ކުރެވޭނީ ހުއްދަ ނަގައިގެން!

09:28

15 ބައިވެރިންނާއެކު ފުލުހުންގެ “ސްޕީޑް ބޯޓް ޑްރައިވިން ކޯސް-1” ނިންމާލައިފި

08:01

ތެލެސީމިއާ ފަރާތްތަކަށް ބޮޑު ލުޔެއް، ފަރުވާ ހޯދުމަށް ކުރާ ދަތުރުތައް އާރްޓީއެލްއިން ހިލޭ ކުރެވޭނެ!

07:41
އިޝްތިހާރު ޖެއްސެވުމަށް މިތަނަށް ފިއްތަވާލައްވާ

ފަހުގެ ޚަބަރު

އިލެކްޓްރޮލައިޓްސް އަދި ވިޓަމިންސް ހިމެނޭ ބުއިންތައް ދެން އެތެރެ ކުރެވޭނީ ހުއްދަ ނަގައިގެން!

29 ނޮވެމްބަރު 2026

15 ބައިވެރިންނާއެކު ފުލުހުންގެ “ސްޕީޑް ބޯޓް ޑްރައިވިން ކޯސް-1” ނިންމާލައިފި

29 ނޮވެމްބަރު 2026

ތެލެސީމިއާ ފަރާތްތަކަށް ބޮޑު ލުޔެއް، ފަރުވާ ހޯދުމަށް ކުރާ ދަތުރުތައް އާރްޓީއެލްއިން ހިލޭ ކުރެވޭނެ!

29 ނޮވެމްބަރު 2026

ގެސްޓްހައުސްތަކާއި ސަފާރީތަކަށް ދޫކުރާ ފައިނޭންސިންއަށް ބީއެމްއެލްއިން ހެޔޮ ބަދަލުތަކެއް ގެނެސްފި

29 ނޮވެމްބަރު 2026

މަސައްކަތުގެ މާހައުލުގައި ހިންގާ ޒަމާނީ އަނިޔާވެރިކަން

29 ނޮވެމްބަރު 2026
Baabu Logo
ބާބުBaabu Online

ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ ދުނިޔޭގެ އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު، ކެނޑިނޭޅި ތެދުވެރިކަމާއެކު ގެނެސްދޭ ޑިޖިޓަލް ނޫސް.

ސޯޝަލް މީޑިއާ

ބާބުގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެންމެ ފަހުގެ ޚަބަރުތަކާއި އަޕްޑޭޓްތައް ވަގުތުން ހޯއްދަވާ.

© 2026 ބާބު އޮންލައިން (Baabu Online). ހުރިހާ ޙައްޤެއް ރައްކާތެރިކުރެވިފައި.

ބާބު އާއި ބެހޭޕްރައިވަސީ ޕޮލިސީބޭނުންކުރުމުގެ ޝަރުތުތައްގުޅުއްވާ